ރޯދަ މަހަށް ޚާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް އިން ރެޑްވޭވް އާއެކު ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރަން ފުރުސަތު“ގެ ނަމުގައި ބީއެމްއެލް އިން ފެށި މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން އެ ބެންކުގެ ކާޑުތަކުން، ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން މި މަހު ރެޑްވޭވްއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތެއް އޭޕްރީލްގެ ނިޔަލަށް ރެޑްވޭވްއިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެކަމަށެވެ.



