މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން މުޙައްމަދު ވަޖީހު އިބްރާހިމް މިރޭ ވަކިކޮށްފިއެވެ.
އެމްޕީއެލްގެ އެމްޑީކަމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު ވަކިކޮށްފިކަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިރޭ ”އެކްސް“ މެދުވެރިކޮށް ވަނީ ހާމަ ކޮށްފައެވެ.
ނަމަވެސް ވަޖީހު ވަކިކުރި ސަބަބެއް ބުނެފައެއް ނުވެއެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، އެމްޕީއެލްގެ އެމްޑީ ކަމުން ވަޖީހު ވަކިކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުން އެފަދައިން ހާމަކޮށްފައިވީނަމަވެސް، އެކަން ރަސްމީކޮށް އެމްޕީއެލްއަށް އަދި އަންގާފައެއް ނުވެއެވެ.




