ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް މީހަކު ހާޒިރުވުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް އެމީހާ ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ ނިޔަދުރުމާގެ ސ. މަރަދޫ / އިބްރާހީމް މަޤްޞޫދު (47އ.) އެވެ.
އޭނާ ހާޒިރު ކުރެވެނީ މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ.
ހާޒިރުވާން އަންގާފައިވަނީ ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 13 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.




