ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ
ހުޅުމާލެ ފޭސް 1 ގެ ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް އެމީހާ ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ދަފްތަރު ނަންބަރބު ރސ 3678/ ޙުސައިން ޢަބްދުލްމަޖީދު (26އ.) އެވެ.
އޭނާ ހާޒިރުކުރެވެނީ މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 ފެބްރުވަރީ 12 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.




