ވިޔަފާރި ކުރުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
އެމީހާ އެ ފިހާރައިން ވިޔަފާރި ކުރަމުންދާ މަންޒަރު ދައްކުވައިދީ ސީސީޓީވީ ފުޓެޖެއް އާންމު ކުރުމަށްފަހު ފުލުހުން މިއަދު ވިދާޅުވީ، ވީޑިއޯ އިން ފެންނަ މީހާއަކީ ވިލިމާލެ ޕޮލިހުން ތަހުގީގުކުރަމުންދާ، 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފަރކުރިކަމުގެ ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީމާ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިލައްވާފައިވެއެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.



