ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސްރޭއެއް ލީކުވީ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މީހެއްގެ ފުރަގަސްފަރާތުގައި ބޮޑީ ސްޕްރޭފުޅިއެއް ތާށިވެފައިވާ މަންޒަރު ކަމަށްބުނެ އެކްސް ރޭ އެއްގެ ފޮޓޯއެއް މީސް މީޑިއާގައި ދާދިފަހުން ވަނީ އާންމުވެފައެވެ.
ބަލިމީހުންގެ މިފަދަ ސިއްހީ ލިޔެކިޔުންތައް، އެމީހުންގެ އިޒުނައަކާ ނުލައި، މިފަދައިން އާންމު ކުރުމަކީ ޤާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ.
އެހެންކަމުން ބަލިމީހެއްގެ އެކްސް ރޭއެއްގެ ފޮޓޯ މިފަދައިން ލީކުވެ ދައުރުވުމާ ގުޅިގެން، މި މައްސަލަ ބަލަމުންދާ ކަމުގައި ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވަނީ ޔަގީން ކޮށްދެއްވާފައެވެ.
ބަލިމީހެއްގެ އެކްސް ރޭއެއް މިފަދައިން ލީކު ކޮށްފައިވަނީ ކޮން ހޮސްޕިޓަލަކުން ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.




