އަލިފާނުގެ ހާދިސާއެއް ހިނގައި ޔޮޓެއް އަޑިއަށް ގޮއްސިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ރީތި ރަށް ރިސޯޓާއި ދިމާ 5 މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ’ނަވައިމާ‘ ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިންގާފައިވާ މައްސަލައެއް 5 ފެބްރުއަރީ 2025 ވަނަ ދުވަހު ފަތިހު 3:43 އެހާކަންހާއިރު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަވަގުތު އެޔޮޓުގައި 5 މީހަކު ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެއިތުރުން، މިހާދިސާގައި ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




