މީހަކަށް ކޯރާޑިއަކުން ރޭގައި ހަމަލާދިން ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ރެހެންދި ޓާފް ދަނޑު ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލައެއް ރޭ 11:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާޅެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މާރާމާރީ ހިންގި ކަމަށް ޝައްކުކުރެވޭ ދެމީހުން ހުއްޓުވައި ހައްޔަރު ކޮށްފައިވަނީ، ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭއިން ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ ހީނާމާގެ / ރުސްތުމް އިބްރާހިމް (25އ.) އާއި ބ. ގޮތިދޫ ފިނިފެންމާގެ / ސައިފުﷲ ފައިސަލް (19އ.) އެވެ.
އެމީހުން ހުއްޓުވި ސަރަހައްދުން ހަމަލާދޭން ބޭނުންކުރި ކޯރާޑިއާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.




