މާފަންނުގައި ހުރި ފަޅުގެއެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯނުކޮށްދީފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ހައުސްޕްލާޒާ ގޭގައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެގޭގައި ބަހައްޓާފައިހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށާއި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ 7:47 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މ.ހައުސްޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން ދެ ގެއަކުން 55 ފަރާތަކަށް (20 ބިދޭސީން ހިމެނޭހެން) ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށެވެ.
އަލިފާނުގެ މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.



