ހއ. އުލިގަމުގައި ބަހަން ސަރުކާރުން ފޮނުވި ކަދުރު ގެންދާނެ ފަރާތްތައް ނުލިބުމާ ގުޅިގެން، ކަދުރު ގެންދަން އަލުން އިއުލާންކޮށްފިއެވެ.
އުލިގަމު ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފޮނުވި 18 ޕެކެޓު ކަދުރުގެ ތެރެއިން މިހާރު ބާކީ އޮތީ 13 ޕެކެޓެވެ. މި ކަދުރު ބޭނުންވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކައުންސިލް އިދާރާއަށް ގޮސް ބަލައިގަނެވޭނެއެވެ.
ކަދުރު ބޭނުންވާ ފަރާތްތަކުން ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ދެމެދު ކައުންސިލް އިދާރާއަށް ދިއުމަށް އަންގާ ކައުންސިލުން ވަނީ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ކަށަވަރުކޮށްދޭ ލިޔުމެއް ގެންދިއުމަށްވެސް އަންގާފައެވެ.
މި އިޢުލާނަކީ ކުރިން ކުރި އިޢުލާނާ ގުޅިގެން ގިނަ މީހުން ކަދުރު ނުގެންދިއުމާ ގުޅިގެން ކުރަންޖެހުނު ދެވަނަ އިޢުލާނެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން 22,163 ޕެކެޓު ވަނީ 102,712 ގޭބިސީއަކަށް ބަހާފައެވެ.



