އިޒްރޭލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލި ކަމަށް ބުނި ނަމަވެސްް، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
އެގޮތުން ފަލަސްތީނުގެ ދެކުނު އައްސޭރިއަށް ރޭގައި ދިން ހަމަލާތަކެއްގައި އުމުރުން 23 އަހަރުގެ މާބަނޑު އަންހެނަކު ވަނީ މަރާލައިފައެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ދެކުނު އައްސޭރީގައި އޮންނަ ނޫރް ޝާމް ފެފިއުޖީ ކޭމްޕަށް އަރައި، ފާއިތުވީ ދެ ދުވަހު ދަނީ ނިރުބަވެރި ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ރޭގައި ދިން ހަމަލާއެއްގައި ދެ އަންހެނުން މަރާލާފައިވާ ކަމަށާއި އޭގެތެރެއިން އެކަކީ މާބަނޑު އަންހެނެއް ކަމަށްވާ ސުންދޯސް ޖަމާލް މުޙައްމަދު ޝަލާބީ ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން ވަނީ ސިއްރިއްޔާތުން އެ ކޭމްޕުތަކަށް އަރައި، ސުންދޯސްއާއި އޭނާގެ ފިރިމީހާ ހުތި ޓެންޓަށް ވަދެފައެވެ. މި ހަމަލާގައި ސުންދޯސްގެ ފިރިމީހާވެސް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، ސުންދޯސްގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތް ނުކުރެވުނު ކަމަށާއި އިޒްރޭލު ސިފައިން ވަނީ އެމީހުންނަށް އެހީތެރިވާން އެވަގުތު ދިޔަ ސިއްހީ ޚިދުމަތްތެރިންވެސް އެތަނަށް ވަނުން މަނާކޮށް، މަގު ބަންދު ކޮށްފައި ކަމަށެވެ.



