ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިިއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.
ފަސް ދުވަހުގެ މި ދަތުރުފުޅުގައި ޢަބްދުއްރަހީމް އާއެކު މަޖިލީހުގެ 9 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.
އެއީ:
° ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
° ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
° ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
° ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދު
° ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
° ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން
° ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ހަމީދު
° ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް
° ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބް
ޢަބްދުއްރަހީމްގެ މި ދަތުރުފުޅުގައި އޯމް ބިރުލާއާއި ޖަގްދީޕް ދަންކަރުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން މައުލޫމާތު ދީފައިވެއެވެ.




