ރާއްޖެއިން އިތުރު ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅުއްވައިފިއެވެ.
ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސް މުޢިއްޒު ފޮނުއްވީ ތިން ނަމެކެވެ.
އެއީ:
° ރާއްޖޭން ބޫޓާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް – ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު
° ރާއްޖޭން ކުވެއިތަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް – ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
° ރާއްޖޭން ސްވިސް ކޮންފެޑަރޭޝަން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް – ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
ރާއްޖެއިން އިތުރު ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.



