ކުޑަކުދިން ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފަށައިފިއެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި އެ ދިރާސާ ނިންމައި ޝާޢިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ފަހަކަށް އައިސް އެކި ކުށްތަކަށް އަރައިގަންނަ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި ނުރައްކާތެރި މާރާމާރީއާއި ވައްކަމުގެ މައްސަލަތައް ވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް ކުދިން އެފަދަ ކުށްތައް ކުރުމަށް ހުށަހެޅޭ ސަބަބު ދެނެގަތުމުގެ ދިރާސާއެއް ރަސްމީ ސިފައެއްގައި މީގެކުރިން ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް 2020ވަނަ އަހަރު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މައްޗަށް މިފަދަ ދިރާސާއެއްކުރުމަށް ލާޒިމްކުރެއެވެ. އެހެންކަމުން މިހާރު މިމަސައްކަތް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ގުޅިގެން ކުރުމަށްވަނީ މަސައްކަތް ފެށިފައެވެ.




