މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 125 މިލިޔަނަށް އަރާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު 125 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު މި އަދަދު ހުރީ 104 މިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %17 އިތުރުވުމެކެވެ.
ޑޮލަރުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ޓީޖީއެސްޓީގެގޮތުގައި 69 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 61 މިލިޔަން ޑޮލަރެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖަނަވަރީ މަހު އެހެނިހެން ޓެކްސްތަކުން ޑޮލަރުން ލިބުނު އާމްދަނީ:
• ޑިޕާޗަރ ޓެކްސް – 2025ގައި 7.3 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު
• އިންކަމް ޓެކްސް – 2025ގައި 28.9 މިލިޔަން ޑޮލަރު / 2024ގައި 16.5 މިލިޔަން ޑޮލަރު
• ގްރީން ޓެކްސް – 2025ގައި 7 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު



