މާލޭގައި މިފަހުން ސިލްސިލާ މާރާމާރީތައް ހިންގަމުން ދިޔުމާގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި އަމުރުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.
ފުލުހުން ކޯޓުގައި ވިދާޅުވީ އެ އެންމެންނަކީ މާރާމާރީ ރާވައި ހިންގުމުގައި ބައިވެރިވީ މީހުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން މާރާމާރީ ހިންގާފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ކަމަށާއި، އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު ފުލުހުން ފާހަގަކޮށްފައިވާކަން ކޯޓު އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 7 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައެވެ.




