މިއަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އައު ސޯޝަލް މީޑިއާ އެކައުންޓްތަކެއް ތަޢާރަފުކޮށްފިއެވެ.
މި އެކައުންޓްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ސިފަމާއިން މިހާރު ތަޢާރަފުކޮށްފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި އެކްސް، އިންސްޓަގްރާމް އަދި ފޭސްބުކް ހިމެނޭއިރު، މި އެކައުންޓްތައް އިފްތިތާޙުކޮށްފައި ވަނީ ”ސިފަމާ ޢާއިލީ މާހެފުން 1446“ ގެ ނަމުގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައެވެ.
ސިފަމާއަކީ ދިވެހި ސިފައިންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ އެކުވެރި، ބަދަހި ޢާއިލާތަކެއް ބިނާކުރުމެވެ.



