މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިންގާފައިވާ މި އޮޕަރޭޝަނުގައިހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމްއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިންނެވެ.
ފުލުހުން އިތުރަށް ބުނީ މުހައްމަދު ކިޔާން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު ފަރާތުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުން ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ގޭންގު ކްރައިމް އެ ކްރައިމް އެންފޯސްމަންޓުގެ ފުލުހުންނެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކުގައެވެ.




