އަންހެން ހެދުން އަޅައިގެން ރޭ ދަންވަރު ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މާލޭ މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ރޭ ދަންވަރު 2:39 ހާއިރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރު ކުރިއިރު ތިބީ އަންހެން ހެދުން އަޅައިގެން ކަމުގައި ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގދ. ވާދޫ ލިލީގެ / މުޙައްމަދު ޞަބާހް (46އ.) އާއި ނ. މިލަދޫ ސޯސަންގެ / މުޙައްމަދު ނައުޝާދު (42އ.) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.


