ފުވައްމުލަކު ޔޫރޯ ސްޓޯރުން 130 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުވައްމުލައް ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން މިރޭ 130 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގާފައިވާ ކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަގުގީގު ކުރައްވަމުންނެވެ.



