ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވައިފިއެވެ.
ނަޝީދު އެމަގާމަށް އައްޔަންކުރައްވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުއެވެ.
މި އަހަރުގެ ޖަނަވަރީމަހު އޭސީސީގެ މެންބަރުކަމަށް ނަޝީދު ޢައްޔަންކުރައްވާފައިވާއިރު ނަޝީދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައިވާފައެވެ.




