ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހުޅުމާލޭގެ އެޑްރެސް ލިޔާއިރު މީގެ ފަހުން ކުރުކޮށް ”ހމ.“ ލިޔަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ނިންމައިފިއެވެ.
އައިޑީކާޑު ޔުނިޓުން ރޭ ނެރެފައިވާ ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މާލޭގެ އެހެން އަވަށްތަކުގެ ނަން އައިޑީ ކާޑުގައި މިހާތަނަށް ވެސް ލިޔަމުން އައީ ކުރުކޮށް، އެ އަވަށެއްގެ ނަން ފެށޭ އަކުރު ނުވަތަ ފެށޭ ދެ އަކުރު ބޭނުންކޮށްގެންނެވެ އެހެންކަމުން، ހުޅުމާލެ ވެސް މި އުސޫލުން ލިޔުމަށް މާލޭ ސިޓީ ކައުންސިލުން ރަސްމީކޮށް ހުށަހެޅުމާ ގުޅިގެން، މި ނިންމުން ނިންމާފައިވާ ކަމަށް ޑީއެންއާރުއިން ބުނެފައިވެއެވެ.
މި ބަދަލާ އެކު، އައިޑީ ކާޑުތަކުގައި ހުޅުމާލޭގެ އެޑްރެސް ދިވެހިން ލިޔާނީ ”ހމ.“ އަދި އިނގިރޭސިން ”HM“ ގެ ގޮތުގައި ކަމަށް ޑީއެންއާރްއިން ބުނެފައިވެއެވެ.
ޑީއެންއާރް އިން އިތުރަށް ބުނީ މިބަދަލު ގެނައުމަށް ނިންމާފައިވީ ނަމަވެސް މިހާރު ހުޅުމާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ކާޑުތައް އޭގެ މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެ ކަމަށެވެ.



