އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ ދަތިތައް ޙައްލުކުރުމަށްޓަކައި، ފެނަކަ ކޯޕަރޭޝަނުން 1.8 މެގަވޮޓްގެ އައު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފިއެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި ކުރިން ހަލާކުވެފައިވާ ޖަނަރޭޓަރެއް މަރާމާތުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އަނެއް ޖަނަރޭޓަރު މި ހަފުތާގެ ތެރޭގައި މަރާމާތުކޮށް ނިމޭނެ ކަމަށެވެ.
މީގެއިތުރުން، އިތުރު ޖަނަރޭޓަރެއް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ރާއްޖެއިން ބޭރުން ގެނެސް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ވެސް ހިންގަން ފެށޭނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
ހަމައެއާއިއެކު، ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހެއްކަން ފާހަގަކޮށް ފެނައިން ބުނީ، އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާޢުތަކާ ގުޅިގެން ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން، މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އައްޑޫ ސިޓީގެ ކަރަންޓުގެ ދާއިމީ ޙައްލަކަށް މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށް ފެނައިކައިން ބުނީ އެކުންފުނީގެ އަމާޒަކީ ދެ އަހަރުގެ ތެރޭގައި މިމަސައްކަތްތައް ނިންމުން ކަމަށެވެ.



