މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޔޯނެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ”ކުރަނގި“ ގެ ނަމުގައި އޮޕަރޭޝަނެއް މިދިޔަ އަހަރުގެ މެއި މަހު ވަނީ ފަށާފައެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
މިކަމާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.
އަދި މި މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.




