އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނެއް ގެނައުމަށް މަޝްވަރާ ކޮށްފިއެވެ.
އޭސް ޓްރެވެލްސްގެ އިސްވެރިޔާ މުހައްމަދު ފިރާގު ހާމަކުރައްވާފައިވާ ގޮތުގައި ގަން އެއާޕޯޓުގެ މެނޭޖްމަންޓާއެކު އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނެއް ގެނައުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
ފިރާގު އިތުރަށް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭ ގޮތުންވެސް ވަނީ އިއްްޔެގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.
ގަން އެއާޕޯޓަކީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިމަގު އޮތް އެއާޕޯޓެއްކަން ވެސް ފިރާޤު ފާހަގަކުރައްވިއެވެ.
އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.



