މިއީ ހޫނުގަދަ ދުވަސްމިދިވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ، ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް ދުވާލު ގަޑީގައި ބެހުމެއް ނޯންނާނެ ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ މިއީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މަސްދަޅުކޭސް ބެހުން ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އާ ހަމައަށް ކަމަށެވެ.
މަސްދަޅުކޭސް ބެހުމުގެ އިންތިޒާމަށް ބަދަލުތަކެއް ގެނެސްފައިވާކަން މިއަދު އެ މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން މަސްދަޅުކޭސް ބަލާ ދާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ޓޯކަން ނަންބަރު ދޫކޮށްގެން މަސްދަޅުކޭސް ބަހަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން މިއަދު އިތުރު އިއުލާނެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:
° މިފްކޯ ކޮމްޕްލެކްސް (މާފަންނު) – 200 ޓޯކަން
° އެމް.ޓީ.ސީ.ސީ ސޯމިލް 200 ޓޯކަން
° ހެންވޭރު ދަނޑު 100 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 1 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 2 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 3 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 4 – 50 ޓޯކަން
° ސޯޝަލް ސެންޓަރު – 100 ޓޯކަން
° ވިލިމާލެ ވެމްކޯ ސައިޓް – 100 ޓޯކަން
° ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ – 100 ޓޯކަން
° ހުޅުމާލެ ޕޮލްކޯ ޓަވރ (ސީ ބްލޮކް) – 100 ޓޯކަން
° ހުޅުމާލެ ހިޔާ ޓަވަރު 10 – 100 ޓޯކަން
° ހުޅުމާލެ ކާމިލްދީދި ޕްރީސްކޫލް – 100 ޓޯކަން




