މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ މާސްޓަޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެއާޕޯޓު އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނެފައިވާ ގޮތުގައި އެކަމަށް ޝައުގުވެރިވާ ތަޖުރިބާ ހުރި ކޮންސަލްޓެންސީ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ނ. މާފަރުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ހުޅުވާފައި ވަނީ ޑިސެންބަރު 1، 2019 ގައެވެ.



