މިއަދު ހެނދުނު އަމީނީ މަގުގައި ހުންނަ ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކަށާއި ކާރަކަށް ވަނީ ގެއްލުން ލިބިފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އަދި މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޔެވެ.



