ކުޑަހުވަދޫގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގޮފީގެ ބިންގާ އަޅައިފިއެވެ.
ރައީސް ދ. އަތޮޅު ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ބީއެމްއެލް އިމާރާތުގެ ބިންގާ އަޅައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި އެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ކުޑަހުވަދޫ ބްރާންޗުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އިމާރާތްކުރެވޭ ބީ.އެމް.އެލްގެ އިމާރާތުގެ ބިންގާ އެޅުމާއެކު، އިތުރު ސެލްފް ސަރވިސް އޭޓީއެމްއެއްގެ ޚިދުމަތް ވެސް މިއަދު ވަނީ ފަށާފައެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުގެ އިސް އަމާޒަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



