މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.
އިއްޔެ އާންމުކުރި އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި ދިރާސީ އައު އަހަރު ފެށެނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ޓާމް ނިމުމަށްފަހު ބޮޑު ޗުއްޓީއަަށް ކިޔެވުން އެއްކޮށް ބަމްދުވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
އެކެޑެމިކް ކަލަންޑަރުން ދައްކާ ގޮތުގައި ފުރަތަމަ ޓާމުގެ ޗުއްޓީ ފެށެނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށެނީ އޮގަސްޓު 10 ގައެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.




