ދ. ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ޚަފްލާއެއްގައި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެ ޚަފްލާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިކަމާ ބެހޭ ގޮތުން ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ބުނީ، ބަނޑިދޫގައި ހަދާ އައިސްޕްލާންޓަކީ 30 އެމްޓީ ޓިއުބްގެ އައިސްޕްލާންޓެއް ކަމަށެވެ. އަދި އެ އައިސްޕްލާންޓުގައި 50 އެމްޓީ ސްޓޯރޭޖް ހުންނާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
ޖުމްލަ 240 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.




