ރާއްޖޭގެ ހުރިހާ ސްކޫލެއްގެ 2025-2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފިއެވެ.
މިއަދު ރާއްޖޭގެ 216 ސްކޫލެއްގެ 96000 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ރިޕޯޓު ދީފައެވެ.
އެކަޑަމިކް ކަލެންޑަރަށް ގެނައި ބަދަލަކާއި ގުޅިގެން އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވެފައި މިވަނީ ރޯދަ މަހާއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކޮށްފައިވާ ކަލަންޑަރުގައި ވާގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށަނީ ޖުލައި 24 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމުގެ ޗުއެްޓީ ފަށާނީ އޯގަސްޓް 10 ވަނަ ދުވަހުއެވެ. ކަލަންޑަރުގައި ވާގޮތުން ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.


