ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ’ރަން ފުރުސަތު‘ ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެ އެވެ.
މިއީ ރޯދަމަހަށް ޚާއްޞަކޮށްގެން ބީއެމްއެލްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން، މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ފުރުސަތު ލިބޭނީ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާގެ އިތުރުން ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތަކުން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށެވެ.
ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތުކޮށްފައި ވަނީ މަތީގައި ބަޔާންކުރެވުނު ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.



