މެޑިކަލް ކައުންސިލްގެ ލައިސަންސް ލިބޭ އިމްތިހާނުގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު ކުޑަކޮށްފައި ވަނީ ވަގުތީ ލައިސަންސަކަށް އެއް އަހަރު ދިގުކަމަށް ހެލްތު މިނިސްޓްރީއަށް ފެންނާތީ އެވެ.
އެހެން ނަމަވެސް އިމްތިހާނު ހެދުމުން 5 އަހަރު ދުވަހަށް މެޑިކަލް ޕްރެކްޓިސް ކުރުމަށް ލިބޭ ދާއިމީ ލައިސަންސްގެ މުއްދަތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، އިމްތިހާނު ހެދުމުގެ ކުރިން ޑޮކްޓަރުންނަށް މީގެ ކުރިން އެއް އަހަރަށް ދޫކުރަމުން ދިޔަ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަންގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.




