ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބޭނުންކޮށްގެން ނަސީބުވެރި 10 ފަރާތަކަށް ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެ ބޭންކުގައި ތިބި ކަސްޓަމަރުންނާއި ޕްރޮމޯޝަނުގެ މުއްދަތުގައި ޝަރުތު ހަމަވާ އައު ކަސްޓަމަރުންނަށްވެސް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ފަށާފައި ވަނީ މި ހުސްވި ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެން 30 ނޮވެމްބަރު 2025 އާ ހަމައަށެވެ.
އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންގެ ބީއެމްއެލް އިސްލާމިކްއާއެކު އެކްޓިވް ފައިނޭންސިން ފެސިލިޓީއެއް އޮތުމުގެ އިތުރުން އެ މުއްދަތުގައި މަދުވެގެން 6 މަސް ދުވަހަށް ބީއެމްއެލް އިސްލާމިކް އެކައުންޓަކަށް މުސާރަ ޖަމާވާ ފަރާތަކަށްވުން ހިމެނެއެވެ.
އަދި ބީއެމްއެލް އިސްލާމިކްގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް (މަދުވެގެން 6 މަސް ދުވަހަށް) ހުޅުވާފައިވުމާއެކު އެކްޓިވް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑެއް އޮންނަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިގޮތުން މި ޝަރުތުތަކުގެ ތެރެއިން އެއްމެ ޝަރުތެއް ވެސް ފުރިހަމަވާ ކަސްޓަމަރުންނަށް އޮޓޮމެޓިކުން ގްރޭންޑް ލަކީ ޑްރޯއަށް ކޮލިފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.




