ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ލިފްޓުތަކުގެ މެއިންޓަނެންސް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ޓަވަރުތަކުގެ ލިފްޓުތަކުގެ މެއިންޓަނެންސް ބަލަހައްޓައިދޭން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި ހިނގާ މާރިޗު މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ހަމައެކަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ކަމަށްވެސް އެޗްޑީސީން ހާމަކުރިއެވެ.
މީގެ އިތުރުން މި މަސައްކަތަށް ބީލަން ހުށަހަޅާއިރު، ހުށަހަޅާ ފަރާތާ އެޗްޑީސީގެ އެއްވެސް ފަރާތަކާ އެއްވެސް ގުޅުމެއް އޮތްނަމަ އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. އެގޮތުން ވިނަރެސްގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނެއެވެ.



