ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި މިރޭ މުނި ހޯމް ކެއާ މިސްކިތް ކައިރީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގި ވަގުތު ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވަނީ ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯގައި ސައިކަލު ދުއްވަން އިން ދެ މީހުން ބިންމަތީގައި ވެއްޓިފައި އޮންނަ މަންޒަރު ފެނިގެންދެއެވެ.
ފުލުހުން މިހާރު މި މައްސަލަ ތަޙްޤީޤުކުރަމުންދާއިރު، މިހާދިސާ އާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.




