ހުޅުމާލޭގައި ތަރައްޤީކޮށްފައި ހުންނަ މަސްތުވާތަކެތީގެ ފަރުވާގެ ސެންޓަރުން ފިލި ދެ މީހަކު މަސްތުވާތަކެތި ބޭނުންކޮށްގެން ތިއްބާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކާއ40 އަހަރުގެ ފިރިހެނެކެވެ.
އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހެއްގެ ބަޔާނާއެކު އެ ދެ މީހުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.




