ރޯލްސްއަކީ ހެދިކާގެ ބާވަތްތަކުގެ ތެރެއިން މިހާރު ގިނަ ބަޔަކަށް ވަރަށް ކަމުދާ، އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ލުއިކާނާއެކެވެ.
އާންމުކޮށް މަހާއި މަސްދަޅުން ރޯލްސްގެ މަސްގަނޑު ތައްޔާރު ކުރިނަމަވެސް، މިއަދު މި ކިޔައިދެނީ ކުކުޅުން ރޯލްސް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
މަސްގަނޑު ތައްޔާރުކޮށްލުމަށް
▪︎ 600ގ. މިންސްޑް (މުގުރި) ކުކުޅު
▪︎ 2 މޭޒުމަތީ ސަމުސާ ޕާސްލީ
▪︎ 1 ބިސް (ގިރާފަ)
▪︎ 2 ޖޯޑު ފާރޮށި ކުނޑި
▪ 1 ޖޯޑު ފެހި އޮށް
▪︎ 1 ޖޯޑު ޒުވާރިއޮށް
▪︎ 2 ކެޕްސިކަމް (ކޮށާފަ)
▪︎ 1 ޓޮމާޓޯ ސޯސް
▪︎ ލޮނާއި އަސޭމިރުސް
▪︎ 1 ބިސް (ރޯލްސްގައި އުނގުޅުމަށް)
ފުށްގަނޑު ތައްޔާރު ކުރުމަށް:
▪︎ 2 ޖޯޑު ފުށް
▪︎ 1 ބިސް
▪︎ 1 ސަމުސާ ބަޓަރ
ތައްޔާރު ކުރާނެ ގޮތް:
- ފުށްކޮޅުގެ ތެރެއަށް ބިހާއި ބަޓަރުކޮޅު އަޅާފަ ތާފަނާ ފެން އަޅައިގެން ފުށްގަނޑު މޮޑެލާށެވެ.
- އެއަށްފަހު އަވަން 200 ޑިގްރީސް އަށް ޖެއްސުމަށްފަހު ހޫނު ކުރަން ބަހައްޓާށެވެ.
- ދެން މަސްގަނޑު ހެދުމަށްޓަކައި ކުކުޅު ކޮޅާއި، ޕާސްލީ ކޮޅާއި، ބިސް، ފާރޮށިކުނޑި، ތަރުކާރީ، ޓޯމާޓޯ ސޯސް، ލޮނު އަދި އަސޭމިރުސް އަޅާފައި އެއްކޮށްލާށެވެ.
- އެއަށްފަހު މޮޑުނު ފުށްގަނޑު 3 ގުޅައަށް ޖަހާ، ތުނިކޮށް ބޮޑު ތިން ރޮށި ދަމާލާށެވެ. އަދި ކޮންމެ ރޮށްޓެއް ދެފަޅިއަށް ކަފާލާށެވެ.
- ހެދި މަސްގަނޑު 6 ބަޔަށް ބަހާލާފަ ކޮންމެ ރޮށިފަޅިއެއްގައި ހިމަ ދިގުކޮށް އަތުރާލާށެވެ. ރޮށި ތަތްކޮށްލުމަށް މަސްގަނޑު އެތުރި ފަޅި ނޫން އަނެއް ފަޅީގައި ގިރާފަ ހުރި ކުކުޅު ބިސް ކޮޅެއް ހޭކުމަށްފަހު މަސްގަނޑާއެކު ރޮށި އޮޅާލާފަ ބިސް ހޭކި ފަޅީގައި ތަތް ކޮށްލާށެވެ.
- މަސްނުލެވި ހުރިބައި ކަފާލާފަ ކޮންމެ ރޯލްސް އެއް 3 ބަޔަށް ބައި ކޮށްލާށެވެ.
- ދެން ގްލޭޒް ކުރުމަށް ކޮންމެ ރޯލްސެއްގެ މަތީގައި ބިސްކޮޅެއް އުނގުޅުމަށް 15-20 ވަންދެން ފިހެން އަވަނަށް ލާށެވެ.




