ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ބަންނޫގެ ސެކިއުރިޓީ މަރުކަޒަކަށް އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި 18 މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ މިލިޓަރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 12 އަށްވުރެ ގިނަ މިލިޓެންޓުން ރާވައިގެން ބޮމުން ފުރިގެންވާ ދެ ވެހިކަލެއް މެދުވެރިކޮށް ދިން މި ހަމަލާގައި، ކުޑަކުދިން ހިމެނޭގޮތަށް 13 އާންމުންނާއި 5 ސިފައިން މަރުވެފައިވެއެވެ.
މިގޮވުންތަކުގެ ސަބަބުން އަސްކަރީ މަރުކަޒުގެ ބޭރު ފާރު އެއްބައި ވެއްޓި، ކައިރީގައި ހުރި އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިފައިވާ ކަމަށް މިލިޓަރީން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ކައިރީގައި ހުރި މިސްކިތަކާއި ރިހާއިޝީ އިމާރާތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވެއެވެ.
މިކަމުގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.
ފަހަކަށް އައިސް އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ވާސަރަހައްދުތަކުގައި އިސްލާމިސްޓް ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެޕާކިސްތާން ތާލިބާނުން ފުލުހުންނާއި އަސްކަރިއްޔާއަށް ދެމުން އަންނަ ހަމަލާތައް ވަނީ އިތުރުވެފައެވެ.
މި ހަމަލާގައި މަރުވި 6 ކުޑަ ކުދިންގެ ޖަނާޒާ ބުދަ ދުވަހު ބާއްވާފައިވާއިރު، މިޖަނާޒާއަށް އެތަށްހާސް ބަޔަކު ވަނީ ނުކުމެފައެވެ.



