މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތަރުލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ޑެއިލީ އަޕްޑޭޓު ރިޕޯޓުގައި ވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 428،954 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް ވަނީ ޖުމްލަ 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައިސްފައިވަނީ 217،391 ފަތުރުވެރިންނެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތައް:
• އިނގިރޭސިވިލާތް – 23،210 ފަތުރުވެރިން
• ޗައިނާ – 21،928 ފަތުރުވެރިން
• ރަޝިޔާ – 20،649 ފަތުރުވެރިން
• އިޓަލީވިލާތް – 19،120 ފަތުރުވެރިން
• ޖަރުމަންވިލާތް – 14،119 ފަތުރުވެރިން
• ފްރާންސް – 10،590 ފަތުރުވެރިން
• އިންޑިއާ – 10،253 ފަތުރުވެރިން
• އެމެރިކާ – 6،448 ފަތުރުވެރިން
• ސުވިޒްލެންޑް – 5،399 ފަތުރުވެރިން
• ޕޮލްންޑް – 5،354 ފަތުރުވެރިން
ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 7،646 ގައެވެ.




