ހުޅުމާލެ ހިތިގަސް މަގު ބުރިޖު މަތިން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ހިތިގަސްމަގާ ދިމާލުން ބްރިޖުމަތިން މޫދަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:42 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސީނަށް އެޓެންޑުވެ ފުލުހުން އޭނާ ނެގުމަށްފަހު ފަރުވާ ދިނުމަށް 6:13 އެހާ ކަންހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.




