މޯލްޑިވިއަން އެއާލައިންއިން މާލެ އާއި ކުޅުދުއްފުށި އަށް އިތުރު ފްލައިޓެއް އެޅުމަށް ނިންމައިފިއެވެ.
މިކަން އެއާލައިން އިން ވަނީ މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.
މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި އިތުރަށް އަޅާ ފްލައިޓް ޝެޑިއުލްކޮށްފައިވަނީ މާރޗް 9 ވަނަ ދުވަހުއެވެ.
އެގޮތުން މާލެއިން ކުޅުދުއްފުއްޓަށް ފްލައިޓް ފުރާނީ ރޭގަނޑު 21:15 ގައެވެ. އަދި ކުޅުދުއްފުށިން މާލެއަށް ފުރާ ފްލައިޓް ޝެޑިއުލްކޮށްފައިވަނީ ރޭގަނޑު 22:40 ގައެވެ.
މޯލްޑިވިއަން އެއާލައިންއިން އިތުރަށް ބުނެފައިވާ ގޮތުގައި މި ފްލައިޓްތަކުގެ ޓިކެޓް މިއަދުން ފެށިގެން ނެގެން ހުންނާނެއެވެ.
ފަސިންޖަރުންނަށް އެއާލައިންގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ.




