ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންނަށް އާސަންދަ ހަމަޖެއްސުމަށް ޑެސްކެއް ގާއިމްކޮށްފައިވާ ވާހަކަ އާސަންދައިން ދޮގުކޮށްފިއެވެ.
ބައެއް މީޑިއާ ތަކުން ގެންދަނީ ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާ އެ ކަމަށް ވަކި މުވައްޒިފުންތަކެއް ހާއްސަކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރަމުންނެވެ.
އެ ވާހަކަތައް ދޮގުކޮށް އާސަންދައިން މިއަދު ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެފަދަ އެއްވެސް ޑެސްކެއް ބަހައްޓާފައި ނުވާނެ ކަމަށެވެ.
އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އާސަންދައިން އެދިފައިވެ އެވެ.




