ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެކުންފުނީގެ އެކިއެކި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
މިގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި އާރްޑީސީއިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
އާރްޑީސީއިން ދީފައިވާ ހާމަކޮށްފައިވާ ގޮތުން، ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދޮށިމޭނާ މަހުގައި ސްޓޯރމް ވޯޓަރ ލައިން އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރެވިފައިވެއެވެ. މީގެ އިތުރުން، އެ މަޝްރޫޢުގެ ދަށުން ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތްވެސް ކުރެވިފައިވާކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.
ގއ. ވިލިނގިލީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބަރާސީލު މަގުގައި ދުވާރުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި، މޫސާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އާރްޑީސީއިން ހާމަކޮށްފައިވެއެވެ.
ހދ. ކުޅުދުއްފުށއްފުށި ސިޓީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ސަހަރާ މަގުގައި ދުވާރުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އާރްޑީސީއިން ބުނެފައިވެއެވެ. އަދި ނ. ވެލިދޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މެރިން ޑްރައިވްގައި ކީވޯލް އެޅުމުގެ މަސައްކަތްވެސް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.



