ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހޯދަމުން އަންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ޝޮހެދް އުއްލާ 35އ އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.
މީގެ އިތުރުން ފުލުުހުން ވަނީ ޝޮހެދް އުއްލާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަަންބަރު 9792039 އާއި ގުޅާ ހިއްސާކުރުމަށް އެދިފައެވެ.




