މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ފަޒީން މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން އެޖެންޑާކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.
ބްރޯޑްކޮމް އިން އޭނާ ވަކިކުރުމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ފަޒީން އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފެށޭނީ މަޖިލީހުގެ ތަޅުމުން އެ މައްސަލަ ފާސްކުރުމުންނެވެ.
ފަޒީންގެ މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވަނިކޮށް 19 ޖެނުއަރީ 2023 ގައެވެ.



