ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ ”އެކްސް“ މިރޭ ޑައުންވެއްޖެއެވެ.
މީގެ ކުރިން ”ޓްވިޓަރ“ ގެ ނަމުން މަޝްހޫރުވެފައިވާ ”އެކްސް“ އަކީ ދުނިޔޭގެ އިސްވެރިންނާއި ލީޑަރުން ފެށިގެން އާންމު ރައްޔިތުންނާ ހަމައަށް ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ.
ރަސްމީ އެކިއެކި އިއުލާނުތަކާއި ބަޔާންތައް ވެސް ނެރުމަށް މިހާރު ބޭނުން ކުރަމުން އަންނަ ”އެކްސް“ ޑައުންވުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޮޑެތި ޤައުމުތަކުގައި ވެސް މި އެޕްލިކޭޝަން ޑައުންވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން އެކްސް ޑައުންވެ، ބޭނުން ނުކުރެވިގެން މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށް ޑައުންޑިޓެކްޓަރ އިން ދައްކާފައިވެއެވެ.
އެކްސް ޑައުންވާން ދިމާވި ސަބަބެއް އަދި އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.



