ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ހިންގަމުންދާ ޤައުމީ ސަލާމަތާބެހޭ ޚާއްސަ އޮޕަރޭޝަނުގައި، ބަލައިފާސްކުރި ގެއިން ފުލުހުންނާއި ސިފައިން މިހާރު ގޮސްފި ކަމަށާއި އެގެއިން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިވަގުތު އެ ސަރަހައްދުގައި ހުރި ”ސައުވީސް“ ގެ ނޫސްވެރިއަކު މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން ބަލައިފާސްކުރީ ރާޅުގަނޑު ސަރަހައްދުގައި ހުރި ބަނޫން ޝޮޕްއާ ޖެހިގެން ހުރި ގެއެކެވެ.
އެގޭގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާސްކު އަޅައިގެން ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ހިންގަމުންމިދާ ޚާއްސަ އޮޕަރޭޝަނާ ގުޅިގެން އިތުރު މައުލޫމާތު ނޫސްވެރިންނާ ފަހުން ހިއްސާ ކުރައްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް ވިދާޅުވެފައިވެއެވެ.



