ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ އައްޔަންކޮށްފިއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުހައްމަދު މުރާދު2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ.
އެސްޓީއޯއިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)ން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުގެންނަވާފައި ވާކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޓަށް ފަޒީނާ އައްޔަން ކުރައްވާފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ކުރި ޕޯސްޓުގައި ވަނީ މަރުހަބާ ކިޔާފައެވެ.
ފަޒީނާ ވަނި މީގެ ކުރިން ވެސް އެސްޓީއޯގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. އެއީ 2018 ވަނަ އަހަރުއެވެ.މީގެ އިތުރުން ފަޒީނާ ވަނީ އެމްޓީޑީސީގައި ވެސް ބޯޑު ޑިރެކްޓަރުކަން ކުރައްވާފައެވެ.



